ޚަބަރު

ރަމަޟާން މަހު ބައެއް ވަގުތުތަކުގައި މާރުކޭޓު ސަރަހައްދު އުޅަނދުތަކަށް ބަންދުވާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާރުކޭޓް -- ދެން އިމޭޖްސް

މި ރަމަޟާން މަހު ބައެއް ވަގުތުތަކުގައި މާލޭގެ މާރުކޭޓު ސަރަހައްދު އެއްގަމު އުޅަނދުތަކަށް ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން އިއްޔެ ވިދާޅުވީ މާރުކޭޓު ސަރަހައްދުގެ ޓްރެފިކް މެނޭޖް ކުރުމަށް ޓަކައި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ 13:00އިން 18:0 އާ ހަމައަށް އެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދު ކުރަން ނިންމައިފައިވާ ކަމަށެވެ.

ރަމަޟާން މަހު އެންމެ ބާރު ބޮޑުވާ އެއް ސަރަހައްދަކީ މާރުކޭޓު ސަރަހައްދެވެ. ޚާއްސަކޮށް މެންދުރު ނަމާދު ވަގުތުން ފެށިގެން އަޞްރު ނަމާދު ވަގުތާ ހަމައަށް އެ ސަރަހައްދުގެ ކާރުބާރު ވަރަށް ބޮޑުވެއެވެ. އެގޮތުން އޮޑިދޯނިފަހަރުން ގެންނަ މުދާ ބޭލުމާއި ދޯނިތަކަށް މުދާ އެރުވުމުގެ އިތުރުން އެ ސަރަހައްދުގެ ފިހާރަތަކުން މުދާ ގަނޑުކޮށް ގަތުމަށާއި ލޯކަލް މާރުކޭޓަށް ވެސް ޒިޔާރަތް ކުރުމަށް ޓަކައި ގިނަ ބަޔަކު އެ ވަގުތުތަކުގައި އެސަރަހައްދަށް ދެއެވެ.

އެހެންކަމުން އެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ފުލުހުން ވިދާޅުވީ، ކޮންމެ ދުވަހެއްގެ ވެސް އެވަގުތުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އެ ސަރަހައްދު ބަންދު ވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!