މާލޭގެ ވެސްޓްޕާކް ސަރަހައްދުގެ މަގުތަކުގެ ޓްރެފިކު ފްލޯއަށް ބޮޑެތި ބަދަލު ތަކެއް

މާލޭގެ ވެސްޓްޕާކް ގޮތުގައި ކުރިން އޮތް ސަރަހައްދުގައި އަލަށް ހުޅުވި ބަސް ސްޓޮޕާއެކު އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކު ފުލޯއަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފިއެވެ.
ސިޓީ ކައުންސިލުން މަގުތަކުގެ ފްލޯއަށް ގެނައި ބަދަލާއެކު ހަވީރީހިނގުން ކަނބާއައިސާރަނި ހިނގުމުން ފެށިގެން އިރުން ހުޅަނގަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ކަނބާއައިސާރަނި ހިނގުން ބޮޑުތަކުރުފާނުމަގުން ފެށިގެން ހަވީރީހިނގުމާ ހަމައަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ކޮށްފައިވާއިރު މާފަންނު އައްސޭރި ހިނގުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލުކޮށްފައެވެ.
މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމަށް މީގެ ކުރިން ވެސް ވަނީ މަގުތަކުގެ ފްލޯއަށް ބަދަލު ގެނެސްފައެވެ. މާލެ އަދި ހުޅުމާލެ އާ ދެމެދު ދުއްވާ ބަހުގައި ދަތުރުކުރާ މީހުންނަށް ޚާއްސަކޮށްގެން ގާއިމް ކޮށްފައިވާ ބަސް ސްޓޮޕް ރަސްމީކޮށް ހުޅުވާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.