ކެނެރީގެ ހުންނަ ގޯޅީގައި ޕާކު ނުކުރެވޭ ގޮތަށް ހަދައިފި
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ޕާކުކޮށްފައި ހުރި ސައިކަލުތައް ނަގައި އެ ގޯޅީގައި ޕާކު ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި މަހުގެ ހަވަނަ ދުވަހު ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ހިސާބުގައި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް ގޮއްވައިލައިފައި ވާއިރު، މީގެ ދެމަހެއްހާ ދުވަސް ކުރިން އެމްއެންޑީއެފްއިން އެ ގޯޅީގައި ސައިކަލު ޕާކު ނުކުރެވޭ ގޮތް ހެދުމަށް އެދިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުވި ސިޓީން ހާމަވެގެން ގޮސްފައި ވެއެވެ.
މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލައިގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފައެވެ. އެ ޒަޚަމްތަކަށް އޭޑީކޭން ފަރުވާ ހޯއްދެވުމަށް ފަހު މިހާރު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުގެ އަސްކަރީ ހަސްފަތާލަކުންނެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާގެ ފޮޓޯތަކެއް ވެސް އާއިލާއިން ވަނީ އާންމުންނާ ހިއްސާ ކޮށްފައެވެ.