ޚަބަރު

ޒިޔާދުގެ މައްޗަށް ސާބިތު ނުވި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މާދަމާ ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވި މައްސަލައިގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

Ads by MWSC

ޒިޔާދުގެ މައްޗަށް ދައުލަތުންކޮށްފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ. އެ ދައުވާ އުފުލީ، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށްކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން މިދިޔަ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ނިންމައިފައި ވަނީ ޒިޔާދުގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ އެ ދައުވާގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަނެ، އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 9:45އަށް ވަނީ ތާވަލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!