ހުޅުމާލޭގައި ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ހުރި ގުދަނެއްގައި މުދާ އުފުލުމަށް ބޭނުން ކުރާ ލިފްޓެއް ވެއްޓި ދެމީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު މިއަދު 17:00ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށް ކަމަށާއި ދެމީހުން ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ.
Ads by STO