ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވައިފި

ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކަން ޔަގީން ކޮށްދީފައިވާ ކަމަށް އޮންލައިން ނޫސް "އަވަސް"އިން ވަނީ ބުނެފައެވެ.
ފަނޑިޔާރު އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ފަހު، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަނޑިޔާރު ސަމީރަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ވެސް އިންނަވާ ފަނޑިޔާރެކެވެ.