ޑްރަގް ކޯޓުގެ ފަނޑިޔާރު ނައީމުގެ ސުލޫކީ މައްސަލައެއް ބަލަނީ

ޑުރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ނައީމުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ފަނޑިޔާރު ނައީމުގެ މައްސަލައެއް ބަލަން ފެށީ މީސް މީޑިއާގައި ފޮނުވައިފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް އޭނާ ބޭނުން ކޮށްފައިވާތީ ކަމަށެވެ.
އެގޮތުން ފަނޑިޔާރު ނައީމުގެ މައްސަލަ ބަލަނީ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ. އޭނާގެ މައްސަލަ ބެލުމަށް ޖޭއެސްސީން މިހާރު ވަނީ ތަހުގީގު ކޮމިޓީއެއް އެކުލަވައިލައިފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި މީގެ ކުރިން ވެސް ބައެއް ކަހަލަ މައްސަލަތަކުގައި ފަނޑިޔާރު ނައީމަށް ވަނީ ފިޔަވަޅު އަޅައިފައެވެ.