ޚަބަރު

ރައްކާތެރިވާން އަމިއްލަ އަށް ފިޔަވަޅު އަޅާ، ބަރޯސާވާނެ ސަރުކާރެއް، ރައީސެއް ނެތް: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން ސަލާމަތްވާން ބަރޯސާވާނެ ސަރުކާރެއް އަދި ރައީސެއް ވެސް ނެތް ކަމަށާއި ރައްކާތެރިވުމަށް ކޮންމެ ރައްޔިތަކުވެސް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ޖަމީލް މިހެން ވިދާޅުވީ ކޮވިޑްް-19 ބާރު ސްޕީޑުގައި ނުރައްކާތެރުކަމާއެކު ފެތުރެމުންދާއިރު، ސަރުކާރުން އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫންކަމަށް މަޖިލީހުގައި ވަކާލާތުކުރި އެންމެން ޤައުމުގެ ހާލަތަށް ޒިންމާވާންޖެހޭނެ ކަމަށެވެ. އަދި ކޮވިޑާއި އެކު ގުޅުންހުރި ވަޒީރުން އަވަސްވެގަތީ ފުރުޞަތުގެ ބޭނުންހިފައި ނާޖާއިޒް ފައިދާނަގަން ކަމަށާއި، މަޖިލިސް ރައީސް ހުންނެވީ މަޝްހޫރުކަން ހޯދަން ސްޓަންޓް ޖެއްސުމާއި ބަރުލަމާނީ ހުމުގައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ނުރައްކަލަށް ޤައުމު ގެނބިގެން ދާއިރު 2 ދައުލަތެއް ހިންގާ ފަދަ ކަމަށާއި އެގޮތުން ސަރުކާރުގެ ބަހެއް މަޖިލީހަށް ނުވިކޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ ބޭފުޅަކުވެސް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާ. ބަރޯސާވާނެ ސަރުކާރެއް، ރައީސެއް ނެތް" ޖަމީލު ވިދާޅުވިއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފަށާފައިވާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 215 މީހަކު މި ބައްޔަށް ފައްސި ވެފައެވެ. މިއީ ރިކޯޑު އަދަދެެއް ކަމަށްވާއިރު އޭގެތެރެއިން 149 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހަކު ރޭވެސް ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!