ޑރ. މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފި
ކުރީގެ ހައުންސިންގ މިނިސްޓަރ އަދި ޕީޕީއެމުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މިކަން ހާމަކުރަމުން ޕީޕީއެމް އިން ބުނެފައިވަނީ ޑރ. މުއިއްޒު ފުލުހަށް ހަޒިރުވާން އަންގާފައިވަނީ މިރޭ 20:00 އަށް ކަމަށެވެ. ނަމަވެސް ޑރ. މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ޕީޕީއެމް އިން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރކަން ކުރެއްވި ޑރ. މުއިއްޒު ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން މުއިއްޒުގެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ނޫމަޑި މައްސަލައިގައި މީގެ ކުރިން ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރު ކޮށްފައެވ. އަދި އެކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވިކަމަށް ބުނެ އެމައްސަލަވެސް ފުލުސް އޮފީހަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވެއެވެ.