ޚަބަރު

ފަރުވާގެ ނަމުގައި ބުދިސްޓުންގެ ޢަޤީދާއާއި ޝިޔާރުތައް ރާއްޖޭގައި ފަތުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ފަރުވާގެ ނަމުގައި ބުދީސްޓް އަޤީދާއާއި ޝިޔާރުތައް ރާއްޖޭގައި ފަތުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by STELCO

މިކަން ކުރަމުންދަނީ އިންސްޓަރގްރާމް މެދުވެރިކޮށެވެ. މިހައިތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ނާގާ ހީލިންގެ ނަމުގައްޔާއި ހީލިން ވިތު މަރީގެ ނަމުގައި ހަދައިފައިވާ އެކައުންޓްތަކުން ދަނީ ވީޑިއޯއާއި ފޮޓޯ މެދުވެރިކޮށް ބުދިސްޓުންގެ ޢަގީދާ ފަތުރަމުންނެވެ.

މި ކަމާ މެދު ފުލުހުން އަދި އެއްވެސް ފިޔަވަޅެއް އަޅައިފައިވާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސުންނަތުން ސާބިތުވާ ފަރުވާއެއް ކަމަށްވާ ހިޖާމާ ޖަހަމުން ދިޔަ އަންހެނެއްގެ މަސައްކަތް ސަރުކާރުން ވަނީ މި ދިޔަ ހަފްތާގައި ހުއްޓުވައިފައެވެ.

ޢަޤީދާއާއި ދީނާއި ފިރުޤާތަކުގެ ޢިލްމުގެ ތަޙައްސުސް ބޭކަނބަލެއް ކަމަށްވާ ޑރ. ފައުޒް ބިންތި ޢަބްދުއްލަތީފް ކުރްދީ -حفظها الله- ބާތިލް ފަރުވާތަކާ މެދު ދިރާސާ ކުރައްވައި ބަހުސް ލިޔުއްވައިފައި ވެއެވެ. ޑރ. ފައުޒްގެ ޕީ.އެޗް.ޑީ ތީސިސް “المذاهب الفلسفية الإلحادية الروحية وتطبيقاتها المعاصرة” ގައި މިފަދަ ފަރުވާތަކާ މެދު އަލި އަޅުވައިލައިފައި ވެއެވެ. އަދި މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭނާގެ ވެބްސައިޓްގައި މި ފަދަ ބާތިލު ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ޙަޤީޤަތް ހާމަ ކުރައްވައި އެތަކެއް ލިޔުންތަކެއް ޝާއިޢު ކުރައްވައިފައިވެއެވެ. އެ ގޮތުން “ހަށިގަނޑުގައި ދައުރުވާ، ނުފެންނަ ބާރުތަކުން ކުރާ ފަރުވާތައް” މި ސުރުޚީގެ ދަށުން ލިޔުއްވައިފައިވާ ލިޔުމެއްގައި ބަޔާން ކުރައްވައިފައިވެއެވެ.

“މި ވިސްނުން ބިނާވެގެންވަނީ ޣައިބުގައިވާ ކަންކަމަކާ މެދު ޤަބޫލުކުރާ ހަމަނުޖެހޭ ޤަބޫލުކުރުންތަކަކަށް، ހަމަ އެކަނި ސިކުނޑިން ނިންމާ ނިންމުންތަކެއްގެ މައްޗަށެވެ. އަދި މިއީ ޣައިބު މޮޅަށް ދެނެވޮޑިގެންވާ އިލާހާއި އެ އިލާހު ފޮނުއްވެވި ނަބިއްޔުންގެ ގޮވާލެއްވުންތައް ޤަބޫލުކުރުމެއް ނެތި، ކުރެވޭ ޝައިޠާނީ ހަރަކާތްތަކެވެ. މި ފަރުވާކުރާ މީހުން ދައުވާކުރާ ގޮތުގައި މިއީ އިރުމަތީ ޤައުމުތަކުން ހޯދައިފައިވާ އިންސާނާގެ ހަށިގަނޑަށް އަސަރު ކުރުވާ، ނުފެންނަ ބާރުތަކެއްގެ ޢިލްމަށް ބިނާވެފައިވާ ނަފްސާނީ، ޖިސްމާނީ އަދި ރޫހާނީ ފަރުވާއެކެވެ. އަދި މި ހޯދުންތަކުން އެންމެ މުހިންމު ހޯދުމެއްކަމުގައި ބުނަނީ “ކީ”، “ޗީ” ނުވަތަ “ޕްރާނާ” އޭ ކިޔޭ ބާރުތަކެއް ކައުނުގައި ވާކަމެވެ. އަދި މި ބާރުތަކަށް ގެނެވޭ އެކިއެކި ބަދަލުތަކުން އެކި ކަހަލަ ބޮޑެތި ޖިސްމާނީ ބަލިތަކާއި ނަފްސާނީ ބަލިތަކުން އަދި ޑިޕްރެޝަނުން ސަލާމަތް ކޮށްދޭކަމަށާއި ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުން މީހުން ރަނގަޅު ކުރުމުގެ ކުޅަދާނަކަން ލިބޭ ކަމަށް މި ބައިމީހުން ދައުވާ ކުރެއެވެ.”

އިސްވެ ބަޔާން ކުރެވުނު ފަދައިން ހަށިގަނޑާއި ކައުނުގައި ދައުރުވާކަމަށް މި ބައިމީހުން ޤަބޫލުކުރާ ބާރު ނުވަތަ ހަކަތަތަކަށް ބިނާވެގެން ތަފާތު ނަންނަމުގައި އެކި ފަރުވާ ދެވެއެވެ. އެގޮތުން “ރެއިކީ” އަދި “ޗީ-ހޮންގް”އަކީ ދާދި އެއްގޮތަކަށް ދެވޭ ދެ ފަރުވާއެވެ. މި ފަރުވާ ދޭ މީހުން ބުނާ ގޮތުގައި ހަށިގަނޑު ތެރޭ ދައުރުވާ ބާރު “ކީ” ނުވަތަ “ޗީ”، ހަށިގަނޑުގައި އެ ބާރަށް އެންމެ ބޭނުން ޖެހިފައިވާ ގުނަވަންތަކަށް ވާސިލުކޮށްދީ ހަށިގަނޑުގައި އެ ބާރު ހަމައަކަށް އަޅުވައިދިނުމުން ބަލިތައް ފަސޭހަވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. ކުރިން ވެސް ބަޔާން ކުރެވުނު ފަދައިން މި ފަރުވާތަކަކީ މުސްލިމުން ޢަޤީދާއާއި ޚިލާފު، ޚުރާފާތްތަކާއި ސިހުރު ހާހޫރަ އެކުލެވިގެންވާ ކަންކަމެވެ.

ހަމަ މި ބީދައިން ކުރެވޭ އަނެއް ފަރުވާއަކީ “ކްރިސްޓަލް ތެރަޕީ” ނުވަތަ ބައެއް ފަހަރު “ކްރިސްޓަލް ރެއިކީ”އޭ ވެސް ކިޔޭ ފަރުވާ އެކެވެ. މި ކަން ކުރާ މީހުން ބުނާ ގޮތުގައި އެކި ކަހަލަ ކްރިސްޓަލްސް ނުވަތަ މައުދަނީ ހިލަތަކުގައި، ހަށިގަނޑުގައި ދައުރުވާ މި ބާރުތައް ދަމައިގަތުމުގެ ގާބިލުކަން ހުރެއެވެ. މި ގޮތުން މި ބާރުތައް، (މި ބައިމީހުން ކިޔާ ގޮތުން ނަމަ “ޗަކްރާ”) ހަށިގަނޑުގައި ޖަމާވާ ސަރަހައްދުތަކުގައި ނުވަތަ ހަށިގަނޑު ވަށައިގެން އެކި ބައްޓަމަށް މައުދަނީ ހިލަ (ކްރިސްޓަލްސް/ ޖެމް ސްޓޯންސް) ބަހައްޓައިގެން ހަށިގަނޑުގައި ދައުރުވާ ބާރުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވެއެވެ. އަދި އޭގެ ޒަރިއްޔާއިން ޖިސްމާނީ އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެއެވެ. މި ފަދަ ހުރިހާ ކަންކަމީ ހަޤީޤަތެއް ނެތް ބާތިލު ކަންކަމެވެ. މިކަންކަން އެންމެ ފުރަތަމަ ތައާރަފް ވެފައިވަނީ މިސްރުގެ މީހުން ހަނދަށް އަޅުކަން ކުރިއިރުއެވެ. އޭގެ ފަހުން އިނގިރޭސިން، އެމެރިކާ މީހުން އަދި އިންޑިއާ މީހުން މިކަން ކޮޕީ ކުރިއެވެ.

  1. ޚޮރޮށް

    ޢިންޑިއާ ހައިކިމިޝަން ފަންޑް ކޮއްގެން ތިޔަ ޕްރޮގްރާމް ހިންގަނީ ރާއްޖޭގައި ސަރުކާރަކައް އިންޑިއާ ހައިކޮމިޝަންނުން ފަންޑް ކުރާ ކަންކަން ނުހުއްޓުވޭނެ. ކ

  2. ޢަވާމެނދުރު

    އެ މެީހުން ތިބެނީ ވެރިންނަަށް އެތްލޮޅައް ޖެހިފަ ، އެއީ ވެރިން ވެސް ހިތްހަމަޖެހޭ ގޮތްވީމަނު.ދޭތެރެއިން އެކަހަލަ ކަންކަން ފެންމަތިވާނެ ، އާމުން އަޅާނުލާ ނަމަ މިހާރު މި ދީނެއް ވާ ނެތިސް