ޚަބަރު ސިޔާސީ

އެމް.ޑީ.ޕީ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

16 މެއި 2022ގައި ކުރިއަށް ގެންދިޔަ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާންކޮށްފިއެވެ.

Ads by Hajj Corporation

މި އިންތިޚާބުގައި އެންމެ ވާދަވެރިކަން ބޮޑުވެގެންދިޔަ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްއަށް ވަނީ ޖުމްލަ 27،470 ވޯޓު ލިބިލައްވައިފައެވެ. ފައްޔާޒްއާ ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ލިބިލައްވައިފައި ވަނީ 20،051 ވޯޓެވެ.

މީގެ އިތުރުން އަންހެނުންގެ ރޫޙުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް 11،708 ވޯޓު ލިބިލެއްވިއިރު ރޮޒައިނާއާ ވާދަ ކުރެއްވި ސަފާތު އަޙްމަދު ޒާހިރަށް ލިބިލެއްވީ 7961 ވޯޓެެވެ.

މި އިންތިޚާބުގައި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަޤާމް ލިބިލެއްވި ރިފްޤާ ޝިޔާމަށް ވަނީ 6322 ވޯޓު ލިބިލައްވައިފައެވެ. ރިފްޤާއާއި ވާދަ ކުރެއްވި މުޙައްމަދު އަންސަރަށް ލިބިލެއްވީ 5545 ވޯޓެވެ.

އެމް.ޑީ.ޕީގެ މި އިންތިޚާބަކީ މިހައިތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ފޯރިގަދަ އިންތިޚާބުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކެނޑިޑޭޓުން ވެސް ބޮޑެތި ޚަރަދުތަކެއް ކުރައްވައި ކެންޕެއިންގައި ރާއްޖޭގެ ހުރިހައި ރަށަކަށް ދަތުރުކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!