ޓުއަރިޒަމްގައި މަސައްކަތްކުރާ ރ. އަތޮޅު ރައްޔިތުންގެ އަގު ވަޒަންކުރަނީ
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ރ. އަތޮޅުގެ ރައްޔިތުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދިނުމަށް އެ އަތޮޅު ، އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
ރ. އަތޮޅު ކައުންސިލުން މިއަދު ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ. އެ އަތޮޅު ކައުންސިލުން ބުނީ، މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ މި ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންގެ އަގު ވަޒަންކުރުމާއިއ ޒުވާނުން މި ދާއިރާއަށް އިތުރަށް ޝައުޤުވެރިކަން އުފެއްދުން ކަމަށެވެ.
މިގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންނަށް ދެވޭ "ދަންޑެހެލު އެވޯޑު"، އަތޮޅުގެ ދަރިންގެ ތެރެއިން ވޭތުވެދިޔަ 2 އަހަރުތެރޭ އިންޓަނޭޝަނަލް އެވޯޑެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ދެވޭ "ބަޠޫޠާ އެވޯޑު"، އަތޮޅުގައި މިހާރު އޮޕަރޭޓު ކުރާ ހުރިހައި ރިޒޯޓުތަކަށް ދެވޭ "ކޮއިމަލާ އެވޯޑު"ގެ އިތުރުން އަތޮޅު ކައުންސިލަށް އަދި އަތޮޅުގެ ރަށްތަކަށް ސީއެސްއާރުގެ ދަށުން އެންމެ ގިނަ އެހީތެރިކަން ދީފައިވާ ރިޒޯޓަށް ދޭ "އަތޮޅު ރިޒޯޓު" އެވޯޑެވެ.
ރ. އަތޮޅަކީ މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް އޮޕަރޭޓް ކުރަމުންދާ އަތޮޅެކެވެ.
ފޮޓޯ ގަ އިން ޒުވާނާ ހާދަ ފުރިހަމައޭ. މާާޝާ ﷲ
ތިޔަ ހަފްލާގަ ރިސޯޓް ތަކަށް އަންގަބަލަ ފިރިހެނުންގެ ތުބުޅި މަތިމަސް ބޭލުވުން މަނާ ކަމެއްގެ ގޮތުގަ. އިންޑިޔާ މީހުން ރިސޯޓް ތަކުގަ މަތިމަސް ބެހެއްޓޭ އެމީހުންގެ ސަގާފަތެއް ކަމުންނޯ ކިޔާފަ މުސްލިމުންގެ ސުންނަތެއްވީމަ ވެސް މަނާ ކޮށްފަ އޮންނަ ކަމެއް އެއީ.