8މީހުންނާ އެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

8 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަކަށް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ‘މާވަހަރު ސްޓާރ’ ނަމަކަށް ކިޔާ ބޯޓެއް މ. މުއްޔާއި މ. ކޮޅުފުއްޓާ ދެމެދުން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު ކޯސްޓުގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
މިއީ މިއަދު ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.