Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝުޖާއު، އެމްޑީޕީ އަށް: ތިއީ ކުނި ގޮނޑެއް ހުސް ނުކުރެވުނު ބައެއް!

މާލެއޭ ކިޔައިގެން ވާހަކަ ދައްކަން އެމްޑީޕީ ލަދު ގަންނަން ޖެހޭނެ ކަމަށާއި އެއީ ކުނި ގޮނޑެއް ހުސް ނުކުރެވުނު ބައެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑިއަށްވެސް ވާދަ ކުރައްވާ ޝުޖާއު ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އޭ ކިޔައިގެން ވާހަކަ ދައްކަން އެމްޑީޕީ އިން ލަދު ގަންނަން ޖެހޭނެ ކަމަށާއި އެއީ ކުނިގޮނޑު ހުސްނުކުރެވުނު ބައެއްކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ކުނިކޮށި ވަރަށް ބޮޑަށް ފުރި، ނުބައިވަސް ދުވާ މައްސަލަ ވަރަށް ގިނައިން ވަނީ ފެންމަތި ވެފައެވެ. އެކަމަށް އެދެވޭ ހައްލެއް ނުގެނެވި ވަނިކޮށް އެ ކުނިކޮށި ހުސްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައެވެ.

Advertisement
Ooredoo — Square (box)

ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ މުއިއްޒު ކަމަށާއި މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެ އަށް ކުރި ހުރިހާ ކަމެއް ހަނދާން ނުނެތޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް