މާލޭގެ މިސްކިތްތަކުގައި އަލުން ޤުނޫތު ނާޒިލާ ކިޔަން ފަށައިފި

މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި އަލުން ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލުމަށްފަހު އަލުން ފަށައިފިއެވެ.
މާލޭގެ މިސްކިތްތަކުގައި ގުނޫތު ކިޔުން ހުއްޓާލާފައިވަނީ ކޮވިޑް19 އާ ގުޅިގެން ކުރި ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައްދީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރަން ފެށުމާއެކު، ޖަމާޢަތުގައި ކުރާ ނާމާދު ވީހާވެސް ކުރުކޮށް ކުރުމަށް އެންގުމުންނެވެ.
ނަމަވެސް މާލެ ސަރަޙައްދުގައިކޮވިޑް19 އަނެއްކާ ވެސް ހަލުވިކަމާއެކު ފެތުރެންފެށުމާއެކު ރެއިން ފެށިގެން މިސްކިތްތަކުގައި "ގުނޫތު ނާޒިލާ"ކިޔުމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ އަންގާފައެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިޘާއެއް ކުރިމަތިވުމުން ފަރުޟު ނަމާދުގެ ފަހު ރަކްޢަތުގައި ކިޔާ ޚާއްސަ ޤުނޫތެކެވެ.