ޚަބަރު

ކްރޫޒްލަައިނާތަކުން ރާއްޖެ އައި ފަތުރުވެރިން ވައިރަހަށް ސްކްރީން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި އަޅާފައި އޮތް ދެ ކްރޫޒް ލައިނާއެއްގެ ތިބި މީހުން ކޮރޯނާ ވައިރަސް އަށް ސްކްރީންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by Sosun Fihaara

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ބަނދަރު ކޮށްފައި އޮތް ތިން ކްރޫޒްލައިނާއެއްގައި ތިބި މީހުން ކޮރޯނާ ވައިރަހަށް ސްކްރީން ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު އެކަހެރި ކުރަންޖެހޭ މިންގަނޑަށް ފެތިފައިނުވާ ކަމަށެވެ.

އިއްޔެ ސްކްރީން ކޮށްފައި ވަނީ މާކޯ ޕޯލޯގައި ތިބި 341 ފަސިންޖަރުންނާއި، 643 ކްރޫ އެވެ. އޭގެ ތެރެއިން އަށް މީހެއްގެ ގައިން ހުމުގެ އަސަރު ފެނުނު ނަމަވެސް، ސްކްރީން ކުރި އެއްވެސް މީހަކު ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރު ކޮށްފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެކަހެރި ކުރަން ޖެހޭ މިންގަނޑަށް އެއްވެސް މީހަކު ނުފެތޭ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

"ނޯޓިކާ" ގައި ތިބި 399 ފަސިންޖަރުންނާއި 634 ކްރޫ މެމްބަރުން ވެސް ސްކްރީން ކޮށްފައިވާއިރު މި ބޯޓުން ހުމުގެ އަސަރު ފެނުނީ ދެ މީހެއްގެ ގައިންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު "ކޯސްޓާ ވިކްޓޯރިއާ"ގައި ތިބި 2460 މީހުން ސްކްރީން ކޮށްފައިވާއިރު، މި ބޯޓުގައި ތިބި 12 މީހުންގެ ގައިން ހުމުގެ އަސަރު ފެނިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!