ދުނިޔެ

އިންޑިއާގައި ގޭގެ ވެރިމީހާ އަންހެނަކު ގެއިން ނެރެލުމުން ފުލުހުން އޭނާއަށް އެހީތެރިވެދީފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގައި އުމުރުން 35 އަހަރުގެ އަންހެނަކު ގެއިން ނެރިލައިފިއެވެ. މި އަންހެން މީހާ އަކީ އެކައުންޓެއްޓެއް ކަމަށާއި މީނާ ގެއިން ނެރެލީ ކުލި ނުދެއްކުމުން ކަމުގައި މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ގޭގެ ވެރިފަރާތުން ބުނެފައިވާގޮތުގައި އޭނާ ގެއިން ނެރެލީ ބިލުތައް ނުދެއްކުމުގެ ސަބަބުންނެވެ.

Ads by Sosun Fihaara

އަދި ހަމަ އެހެންމެ އެގޭގެ ވެރިމީހާ އެ ގެ ގަނެފައިވަނީ ލޯނެއް ނަގައިގެން ކަމަށާއި އަދި އެ އަންހެން މީހާ ކަރަންޓު ބިލު ނުދައްކާތާ ވެސް 2 މަސް ވެފައިވާ ކަމަށާއި އަދި ކުލި ނުދައްކާތާ 4 މަސް ވެފައިވާކަމަށް އޭނާ ބުންޏެވެ. އަދި އެ އަންހެން މީހާ ގެއިން ނެރިލަން ޖެހުނު ސަބަބަކީ އެއީ ކަމުގައި ވެސް އޭނާ ފާޙަގަ ކުރިއެވެ.

ނަމަވެސް ވަންނާނެ ތަނެއްނެތި މަގުމަތިވުމަށް މި އަންހެން މީހާ ދޫކޮށްލުމުގެ ސަބަބުން ފުލުހުން ވަނީ މި އަންހެން މީހާ ހުރި ތަނަށް ގޮސް އޭނާއަށް އެހީތެރިވެދީފައެވެ.އެ ގޮތުން އޭނާއާ ވާހަކަ ދައްކާ ގޭގެ ވެރިމީހާއާއި ދެކޮޅަށް ދައުވާ ކުރުމަށް ފުލުހުން އެ އަންހެން މީހާއަށް އެހީތެރިވެދީފައިވާ ކަމުގައި މީޑިއާތަކުން ރިޕޯޓް ކުރެއެވެ.  ސަބަބަކީ އެ އަންހެން މީހާ ގެއިން ނެރުނު އިރު އެ އަންހެން މީހާގެ ހުރިހާ މުދަލެއް އެގޭގައި ބަހައްޓާފައި ހުރުމެވެ.

އަދި މިހާރު އޭނާ ގެއަށް ދިއުމުން އޭނާގެ ހުރިހާ މުދަލެއް ހަވާލުކުރުމަށް އަންގާފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!