ޚަބަރު

މައްސަލައެއް ބަލަމުންދަނިކޮށް ރިޓަޔާ ކުރިއަސް އިނާޔަތްތައް ނުލިބޭ ގޮތް ހަދައިފި

ދެން އެމްވީ ، ދެން އޮންލައިން

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލައަށް އެދިގެން ފަނޑިޔާރު ކަމުން ރިޓަޔާވާ ބޭފުޅުންނަށް އިނާޔަތްތައް ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

Ads by Hajj Corporation

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދުގައި ކުރިން އޮންނަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އަމިއްލައަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ޖޭއެސްސީން ރިޓަޔާ ކުރަން ނިންމާ ބޭފުޅުންނަށް އިނާޔަތްތައް ހަމަޖައްސައިދޭ ގޮތަށެވެ.

ނަމަވެސް އެ ގަވާއިދަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔާ ކުރައްވަން އެދިވަޑައިގަންނަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ނަމަ ނުވަތަ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައި ނުދެވޭނެ ކަމަށެވެ.

ނަމަވެސް ރިޓަޔާ ކުރައްވާ އިރު އެފަދަ މައްސަލަ އެއް ނެތް ފަރާތްތަކަށް ކުރިންވެސް އޮންނަ އުސޫލުގެ މަތިން މާލީ އިނާޔަތްތަކާއި ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ސެކިއުރިޓީ ހަމަޖައްސައިދެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!