ޚަބަރު

ޙައްޖަށް ދިއުމަށް އާންމުންގެ 100 ޖާގައަށް ހުޅުވައިލައިފި، ފުރުސަތު ދެނީ ގުރުއަތު ނަގައިގެން

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

މިއަހަރު ޙައްޖަށް ދިއުމަށް ރާއްޖެއަށް ލިބިފައިވާ 453 ކޯޓާގެ ތެރެއިން، އާންމުންނަށް ހުޅުވައިލެވޭ 100 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

މިއަހަރު ރާއްޖެއަށް ލިބިފައި ވަނީ އެންމެ 453 ކޯޓާއެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ނިންމައިފައި ވަނީ މި ހުރިހައި ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އާއްމުންނަށް ހުޅުވައިލާ 100 ޖާގައަށް ކުރިމަތިލާ މީހުންގެ ތެރެއިން ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމަށާއި، 100 މީހުންގެ އިތުރުން ވެއިޓިންގ ކިއުގެ ގޮތުގައި 25 މީހުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި 25 މީހުންގެ ތެރެއިން މީހުންނަށް ފުރުސަތު ލިބޭނީ 100 މީހުންގެ ތެރެއިން މީހަކަށް ނުދެވިއްޖެ ޙާލަތެއްގައެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަހަރު މި 100 ކޯޓާއަށް ކަނޑައައިޅާފައިވާ އަގަކީ 76،960 ރުފިޔާކަަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އަދި ގުރުއަތުން ހޮވޭ މީހުން ތިން ދުވަސް ތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ނުދައްކައިފި ނަމަ ޖާގަ ގެއްލޭނެކަމަށް ވެސް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

މި 100 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ ފަރުޟު ޙައްޖު އަދާކޮށްފައި ނުވާ މީހުންނާއި ޖޫން 15 ،2022އަށް އުމުރުން 65 އަހަރު ފުރިފައި ނުވާ އަދި ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. މި ކޯޓާގެ ދަށުން ދެ ކެޓެގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައިވާއިރު ދެ މީހުންގެ ކެޓެގަރީއަށް ކުރިމަތިލެވޭނީ އުމުރުން 45 އަހަރު ނުފުރޭ އަންހެނުންނާއި ދެމަފިރިންނާއި ބަލި ޙާލަތު ހުރި ގޮތުން އެކަނި ޙައްޖުގެ އަޅުކަން އަދާ ނުކުރެވޭ މީހުންނެވެ.

މި 100 ޖާގައަށް ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 30 މެއިއިން ޖޫން 2އަށް ކޮންމެ ދުވަހެއްގެ މެންދުރު 13:00އިން 18:00އަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!