ދުނިޔެ

ފަލަ ކަމަށް ބުނެ ކެބިން ކްރޫއަކު ވަޒީފާ އިން ވަކިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާ ބަރު ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ގެ ކެބިން ކުރޫއެއް ވަޒީފާއިން ވަކި ކޮށްފިއެވެ.

Ads by Sosun Fihaara

25 އަހަރު މެލޭޝިއަން އެއާލައިންސް ގައި ވަޒީފާ އަދާކޮށްފައިވާ މެލީސާ ހާސިމް، 2017 ވަނަ އަހަރު ވަޒީފާ އިން ވަކި ކުރިއިރު އޭނާގައިގައި ހުރީ 9 ސްޓޯން 7 ޕައުންޑެވެ. މެލޭޝިއަން އެއާލައިންސް ގެ ގަވާއިދު ބުނާ ގޮތުންނަމަ ކެބިން ކުރޫއިން ގެ ބޮޑީ މާސް އިންޑެކްސް ނުވަތަ ބީއެމްއައި ހުންނަން ޖެހޭނީ ރަނގަޅު ރޭންޖެއްގައެވެ. 5 ފޫޓު 2 އިންޗިގެ މެލީސާ ގެ ބީއެމްއައި ގެ ދުޅަހެޔޮ ވާނީ 9 ސްޓޯން 6 ޕައުންޑްސްއިންނެވެ. އެހެންކަމުން މެލީސާގެ ބަރުދަން ބަރުވަނީ އެންމެ ޕައުންޑެކެވެ.

ވަޒީފާ ގެއްލުމުން މެލީސާ ވަނީ މެލޭޝިއަން އެއާލައިންސް އާއި ދެކޮޅަށް ދައުވާ ކޮށްފައެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އެ މައްސަލަ ނިންމާފައިވަނީ މެލީސާއާއި ދެކޮޅަށެވެ.

މެލޭޝިއަން އެއާލައިންސް އިން ބުނާ ގޮތުގައި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ކެބިންކުރޫއިން ދުޅަހެޔޮ ކަންމަތީ ތިބުމަކީ މުހިންމު ކަމެކެވެ. އަދި މެލީސާއަށް ވެސް އޭނާގެ ބަރުދަން ލުއި ކުރުމަށް ވަގުތު ދީފައިވާނެކަމަށް ވެސް އެ އެއާލައިން އިން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!