ޚަބަރު އިޖުތިމާޢީ

މަޖީދިއްޔާ ސްކޫލުން ގަސް އިންދުމުގެ ޕްރޮގުރާމެއް ފަށައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން "މަޖީދިއްޔާ ފޯ ނޭޗާ" ގެ ނަމުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

Ads by Hajj Corporation

މަޖީދިއްޔާ ސްކޫލާއި އެޗް.ޑީ.ސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް އިއްޔެ ހަވީރު ފައްޓަވައިދެއްވީ ރައީސުޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ. މި ހަރަކާތުގެ ތެރެއިން ހުޅުމާލެ ރުއްގަނޑު 2ގައި 1927 ގަސް އިންދައިފައި ވެއެވެ. މި އަދަދަކީ މަޖީދިއްޔާ އުފެދުން އަހަރާ ގުޅުވައިފައިވާ އަދަދެކެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން 'މަޖީދީ ރަން'ގެ ނަމުގައި ހާއްސަ ދުވުމެއް ވެސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ދުވުމުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!