12 ބަނގުރާ ފުޅިއާއި 441 ބިޔަރު ދަޅާ އެކު ހަތަރު މީހަކު ހައްޔަރަށް!
 
                                                    މާލެ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 12 ބަނގުރާ ފުޅިއާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އެމް.އެމް.އޭ ސަރަހައްދުގައި އަޅައިފައި އޮތް ލޯންޗެއް ބަލާ ފާސްކުރުމުގެ ތެރެއިން 12 ބަނގުރާ ފުޅިއާއި 441 ދަޅު ބިޔަރު ފެނިފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ 20 އަހަރު، 21 އަހަރު، 27 އަހަރު، އަދި 30 އަހަރުގެ ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
 
Ads by Ooredoo
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
