ޚަބަރު

ޙައްޖަށް ދާން ހުށައެޅުމުން، އަދާލަތު ޕާޓީއަށް ވަގަށް ވައްދާކަމުގެ ތުހުމަތު!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ފޯމު ހުށައެޅުމުން، އެ ފޯމާ އެކު ހުށައަޅާ އައިޑީ ކާޑު ކޮޕީ ބޭނުންކޮށްގެން އަދާލަތު ޕާޓީއަށް ވަގަށް ވައްދާކަމުގެ ތުހުމަތު ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީޤު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މެމްބަރު ޝަފީޤު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ރަޖިސްޓްރީ ކުރަށް ހުށަހަޅާ އައިޑީ ކާޑް ކޮޕީ ބޭނުންކޮށްގެން އަދާލަތަށް މީހުން ވެއްދުމަކީ ދެރަކަމެއް ކަމަށެވެ.

މީގެ އިތުރުން 10،000 މީހުން ހަމަކުރުމަށް ނަމަވެސް މިފަދަ ހުތުރު ކަންކަން ނުކުރުމަށް މެމްބަރު ޝަފީޤު ވަނީ ގޮވައިލައްވައިފައެވެ. މިކަމާ ގުޅިގެން އަދާލަތު ޕާޓީއިން ރަސްމީކޮށް އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެއެވެ.

ޕާޓީތަކަށް ވަގަށް ވައްދާ މައްސަލަ މިހާރު ބޮޑުވެފައިވާ އިރު، އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު ވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ)އަށް ރަޖިސްޓްރީކޮށްފައިވާކަމަށް އިއްޔެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބޮޑުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވި ނަމަވެސް، އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!