ޚަބަރު

ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

Ads by STELCO

އިސްތިއުނާފްގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 13:00 ގައެވެ.

ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރިއިރު، އެމަނިކުފާނު މިވަގުތު އޮންނެވީ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ގައެވެ.

މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ޔާމީން ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ކަފާލާތުގެ ދަށުން މިނިވަންކޮށްދެއްވުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދެއްވާފައެއް ނުވެއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށާއި، 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

ހައި ކޯޓުން ކުރިން ވަނީ އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން މިނިވަން ކުރުމަށް އަމުރަކަށް އެދުމުން، އެކަން ކޮށްދެވެން ނެތް ކަމަށް އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!