ޔޫރޯ މުބާރާތާއި ދެކުނު އެމެރިކާގެ ކޮމެބޯލް މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި ދެ ޓީމުގެ ކުރިމަތިލުން މިރޭ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އޮންނާނެއެވެ.
މި މެޗުގައި ބައްދަލުކުރާނީ ޔޫރޯ 2020 ކާމިޔާބުކުރި އިޓަލީއާއި ކޮމެބޯލްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއެވެ.

މެޗު ކާމިޔާބުކުރާ ޓީމަށް ދިނުމަށް ހަމަޖެހިފައިވާ ހާއްސަ ތަށި
މިއީ ފަހުގެ ތާރީޙެއްގައި މި ދެ ސަރައްހަދުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ކަޕް އޮފް ޗެމްޕިއަންސް ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1985 ގައި އަދި 1993 ގައި ޔޫރަޕުގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ކަޕް އޮފް ޗެމްޕިއަންސްގައި ބައްދަލުކޮށްފައިވެއެވެ.
އެންމެ ފަހުގެ ޔޫރޯ އިޓަލީން ކާމިޔާބުކުރީ މޮޅު ކުޅުމެއް ދައްކައި އިނގިރޭސިވިލާތް ބަލި ކުރުމަށް ފަހުގައެވެ. އާޖެންޓީނާއިން ކޮމެބޯލް ކާމިޔާބުކުރީ ވަރުގަދަ ބްރެޒިލް ބަލި ކުރުމަށްފަހުގައެވެ.