ޚަބަރު

ލޯންޗު އެކްސިޑެންޓުގައި ސީރިއަސްވި މީހާ އިތުރު ފަރުވާއަށް ބޭރަށް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލި ނެރުން ވަންނަ އުޅުނު ލޯންޗެއް އެކްސިޑެންޓުވެ އަނިޔާވި އެ ރަށު ޒުވާނާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިލައިފިއެވެ.

Ads by STELCO

ދެ މީހަކު ނިޔާވި މި ހާދިސާގައި އިތުރު ފަރުވާއަށް އަނިޔާވި ތިން މީހުން ވަނީ މާލެ ގެނެސްފައެވެ. މީގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ އިރު، ބޭރަށް ފޮނުވައިލައިފައި ވަނީ އައިސީޔޫގައި ފަރުވާދިން މީހާއެވެ. އެމީހާގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ވިލިނގިލި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކަށްޓަށް އަރައިގެން ހިނގި އެކްސިޑެންޓުގައި ނިޔާވީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!