ޚަބަރު ރައްޔިތުންގެ މަޖިލިސް

މާލެއިން ބޭރުގައި ތިބި އެމް.ޑީ.ޕީ މަޖިލިސް މެމްބަރުން ހޯމަ ދުވަހަށް މާލެ އައުމަށް އަންގައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރަށުން ބޭރުގައި މިވަގުތު ތިބި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ހޯމަ ދުވަހަށް މާލެ އައުމަށް އަންގައިފިއެވެ.

Ads by Sosun Fihaara

އެ ޕާޓީގެ މަޖިލިސް މެމްބަރުން މާދަމާގެ ޖަލްސާއަށް ހާޒިރުވުމަށް، މާލެއައުމަށް އަންގައިފައި މި ވަނީ ހައި ކޯޓުގެ ފަނޑިޔާރެއް މަޤާމުން ވަކި ކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ. އަދި އެ ޕާޓީން ވަނީ ފަނޑިޔާރު މަޤާމުން ވަކި ކުރެއްވުމަށް ތްރީ ލައިން ވިޕެއް ވެސް ނެރެފައެވެ.

މީގެ އިތުރުން ފަނޑިޔާރުން ވަކިކޮށްފައި ވަނީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފައިވާ ނިންމުން ބަލައިނުގަތުމަށް ވެސް އެ ޕާޓީގެ ޕާލިމެންޓުރީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމީ މިދިޔަ އެޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ.

މީގެ ތެރެއިން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަނީ މިދިޔަ މަހުގެ 31ވަނަ ދުވަހު އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!