ރީތީ ކޯއްޗެއް؟: ފްރެންޑްސް ތަ ނޫނީ ހައު އައި މެޓް ޔުއަރ މަދަރ ތަ؟
ފްރެންޑްސް އަށް ފަންސަވީސް އަހަރު ވެފައި ވާއިރުވެސް އަދިވެސް އެއީ ގިނަ ބަޔަކަށް އެންމެ ކަމުދާ ސީރީޒްއެވެ. ފްރެންޑްސް ނޫން އެހެން ސީރީޒް އެއް ނުބަލާ މީހުން ވެސް އުޅެެއެވެ.
ފްރެންޑްސް ރީއްޗެވެ. އެކަހަލަ ރަހުމަތްތެރިންތަކެއް ލިބުމަށް ކޮންމެ މީހަކު ވެސް އެދެއެވެ. ނަމަވެސް ފްރެންޑްސް ހަަމަ އެހާ ރީތި ހެއްޔެވެ ؟ އެއާ ގާތް ކުރެވޭނެ އިތުރު ސީރީޒްއެއް ނެތީ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ހައު އައި މެޓް ޔުއަރ މަދަރ އަކީ ފްރެންޑްސް އަށް ވުރެ ރީތި ސީރީޒްއެކެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ފްރެންޑްސް ވެސް އަދި ހައު އައި މެޓް ޔުއަރ މަދަރ އަކީވެސް ދެ ކޮމެޑީ ސީރީޒްއެވެ. ނަމަވެސް ހައު އައި މެޓް ޔުއަރ މަދަރ މާ މަޖާ ވެފައި ޖޯކުތައް ވެސް ފުރިހަމައެވެ.ޗާންދްލަރ ގެ ސާކޭޒަމް މަޖާ ނޫން ވާހަކައެއް ނޫނެވެ.
ފްރެންޑްސް އިން ދައްކައިދެނީ ހަ ރަހުމަތްތެރިންގެ ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގެ ވާހަކައެވެ. ރޭޗަލް ފްލައިޓަށް އެރި ފަހުން ވީ އެއްވެސް ކަމެއް ނޭނގި މުޅި ޝޯ ނިމުނީއެވެ. ނަމަވެސް އެއާއި ހިލާފަށް ހައު އަި މެޓް ޔުއަރ މަދަރ ގައި ކެރެކްޓަރ ތަކުގެ ހަޔާތް ގެނެސްދީ މުޅި ވާހަކަ އެތުރިފައި އޮތީ ވަރަށް ފުރިހަމައަށެވެ. މުޅި ވާހަކަ ވަށާ ޖެހެއެވެ . ފްރެންޑްސް އާއި ހިލާފަށް ވާހަކައިގައި އުޅޭ މީހުންގެ ހަޔާތް ވަރަށް ތަފްސީލު ކޮށް ގެނެސްދީފައިވެއެވެ. މާޝަލް ބާ އެގްޒާމް އިން ފާސް ވެ ލޯޔަރ އަކަށް ވާ ގޮތާއި ޓެޑް އާއިލާއެއް ފެށުމަށް ގެއެއް ގަނެ ރީމޮޑެލް ކުރަން އުޅުނު ގޮތް އެންމެންގެ ވެސް ހިތް އަތުލިއެވެ.
ލޯބީގެ ގޮތުން ބަލާނަމަވެސް ހައު އައި މެޓް ޔުއަރ މަދަރ މާ ރީއްޗެވެ. ރޭޗަލް އާއި ރޮސް ގެ އަރައިރުން ތަކަށް ވުރެ ރޮބިން އާއި ޓެޑް ގެ ލޯބި މާ ލޯތްބެވެ.
ނަމަވެސް އެކި މީހުންގެ ހިޔާލު ވެސް ތަފާތުވާނެއެވެ. މި ރިޕޯޓުގައި މި ވަނީ އަހަރެންގެ ހިޔާލެވެ. އެހެންވީމާ ބުނެބަލާށެވެ. ރީތީ ފްރެންޑްސް ހެއްޔެވެ؟ ނުވަތަ ހައު އައި މެޓް ޔުއަރ މަދަރ ހެއްޔެވެ؟