Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

ސްޓެލްކޯ ފްލެޓްތަކަށް ކަރަންޓްލުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯ ފްލެޓްތަކަށް ކަރަންޓްލުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ފްލެޓަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެ ކުންފުނީގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމާ އެއްގޮތަށް ކަރަންޓު ދިނުމަށް ޓަކައި ބަހައްޓަން ޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރަމުންދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފްލެޓުތަކަށް އަންނަ ސެޕްޓެމްބަރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ވަނީ މީގެކުރިން ބުނެފައެވެ.

Advertisement
Allied Insurance — Square (box)

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިއަށް ދަނީ ބްރައުންސް-ސީއެމްއީސީ ކުންފުންޏާ ހަވާލުކޮށްގެން ސްޓެލްކޯގެ އެއްބާރުލުމާއެކުގައެވެ. އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމުގައި ވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް