ދުނިޔެ

ވެކްސިން ކާމިޔާބު ވިޔަސް އާންމު ހާލަތަކަށް ދިއުމަށް އަދި ދުވަސް ނަގާނެ: ޑަބްލިއު.އެޗް.އޯ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް 19 އަށް ވެކްސިން އެއް ހޯދި ކާމިޔާބު ވި ނަމަވެސް މިހާރު ދުނިޔެ އޮތް ހާލަތުން އަނެއްކާވެސް އާންމު ހާލަތަށް ދިއުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 އަށް ވެކްސިނެއް ހޯދި ވީހާވެސް އަވަހަކަށް ގިނަ ބަޔަކަށް ފަަރުވާ ދެވުމަކީ އެންެމެންވެސް ކުރާ އުންމީދެއް ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވިއެވެ. ނަމަވެސް ވެކްސިން ކާމިޔާބު ވިކަމުގައި ވިޔަސް ދުނިޔެ މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ބަލާއިރު މި ބައްޔަށް މިހާރު 18 މިލިއަން މީހުން ވަނީ ފައްސިވެފައެވެ. އަދި ހަމަ އެހެންމެ މި ބަލީގައި ގާތްގަނޑަކަށް 700،000 މީހުން މި ދުނިޔެ ދޫކޮށްފައިވާ ކަމުގައި މީޑިއާތައް ބުނެއެވެ.

އެމެރިކާ، އިނގިރޭސި ވިލާތު އަދި ރަޝިއާ ފަދަ ކުރިއަރާފައިވާ ބޮޑެތި ގައިމު ތަކުން އަންނަނީ މި ބައްޔަށް ވެކްސިނެއް ހޯދުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އައު އާންމު ހާލަތާއި އާންމު ހާލަތުގެ ތަފާތު ވަރަށް ބޮޑު ކަން ޔަގީނެވެ. ވެކްސިނެއް ހޯދިި ކާމިޔާބު ވިޔަސް ކަންކަން އާންމު ހާލަތަކަށް ދިއުމަށް ދުވަސް ނަގާނެކަން ޔަގީނެވެ.

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ފަދައިން ކޮވިޑް-19އަށް ފަހު އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. އަދި މި ކަންކަމުން އަރައިގަނެ އާންމު ހާލަތަކަށް ދިއުން ފަސޭހަ ނުވާނެ ކަން ގައިމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!