ވިޔަފާރި

އިންޑިއާ ފަތުރުވެރިން ލައްކައެއް ހުރަސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ލައްކައެއް ހުރަސްކޮށްފިއެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޑިއާއިން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ 103،968 ޓޫރިސްޓުން ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ގައުމުން ރާއްޖެ އައި 89،675 ޓޫރިސްޓުންނާ އަޅާ ބަލާއިރު %15ގެ އިތުރުވުމެކެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 706،468 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %55ގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ މިހާރު 4،648އަށް އިތުރުވެފައެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވެސް ވަނީ 8.2 ދުވަހަށް އިތުރުވެފައެވެ.

މި ހިނގާ ޖޫން މަހު މިހައިތަނަށް ރާއްޖެއަށް 31,817 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއާ އެކު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 732،884އަށް އަރައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!