އަލީ ޒައިދު، އެމްޑީޕީއަށް: ދީނާ ދުރު ވާހަކަ ދެއްކުމަކީ ރައްޔިތުންގެ ސަޕޯޓު ގެއްލޭނެ ކަމެއް
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނު ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް މަދުން މީހުން ދިޔައީ އެ ޕާޓީން އިސްލާމް ދީނާ މެދު ގެންގުޅޭ ނުރަނގަޅު ތަސައްވުރެއްގެ ސަބަބުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް "ރަށްވެހި ފަތިސް" ނަމުގައި ފަށާ ކެމްޕޭނު ފެށުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ސޯސަލް މީޑިއާގައި އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު މިޖަލްސާގައި ބައިވެރިވުމަށް އާންމުންގެ ތެރެއިން ގޮސްފައިވަނީ ވަރަށް މަދު ބަޔެއްކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސް ޖަލްސާއަށް ވަޑައިގެންނެވިއިރު ވެސް ގިނަ ގޮނޑިތައް ހުރީ ހުސްކޮށެވެ.
މި ޖަލްސާގެ ފޮޓޯ އަކާއި މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި މީހުން ފުރި ބާރުވެފައިވާ މަންޒަރު ފެންނަ ފޮޓޯ އަކާއެކު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހިމެނޭ މަދު ބަޔަކު ދީނާ ދުރު ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ ސަޕޯޓު ގެއްލޭ ކަމެއް ކަމަށާއި މާތްﷲ ގެ ހަސްރަތުން މަގާމް ދައްކާ ކަމެއް ކަމަށެވެ.
"މިބުނާ މީހުން އެމްޑީއެން ދިފާއުވެސް ދިފާއު ކުރި،" އަލީ ޒައިދު ވިދާޅުވިއެވެ.
މި ފަހަކަށް އައިސް އަލީ ޒައިދުގެ އިތުރުން މަޝްހޫރު ދީނީ އިސްމުވެރިޔާ މުހައްމަދު އިޔާޒު ވެސް އަންނަނީ އެމްޑީޕީ އަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.