ވިޔަފާރި

ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓްގެ ޚިދުމަތް ދިގުރަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް އދ. ދިގުރަށަށް ތައާރަފްކޮށްފިއެވެ.

Ads by Sosun Fihaara

މި ޚިދުމަތާ އެކު ހަލުވިކަމާ އެކު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި، އެކި ކަހަލަ ޑޭޓާ ޕެކޭޖުތައް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ ވަރުގަދަ ނެޓްވޯކް ކަވަރޭޖަކާއި ހަލުވި ސްޕީޑެއްގައި އެ ހިދުމަތް ދިގުރަށުގެ މީހުންނަށް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއްކަމަށެވެ.

"މި ޚިދުމަތާ އެކު ދިގުރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.

ދާދި ފަހުން އުރީދޫން ވަނީ ސުޕަނެޓް ޕެކޭޖުތަކަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި، އިންޓަނެޓްގެ ސްޕީޑް ފަސް ގުނައަށް އިތުރު ކުރުމާއި، 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތް ވަނީ ހަދައިފައެވެ.މީގެ އިތުރުން މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އެކުވާ ގޮތަށް ވެސް ވަނީ ހަދައިފައެވެ. އަދި ތުރޮޓުލް ސްޕީޑް ނުވަތަ ޑޭޓާ ޕެކޭޖު ހުސްވުމަށް ފަހު ލިބޭ ސްޕީޑް ހަލުވިވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!