ޚަބަރު

އަންނަ މަހުގައި މިނީ ބަހުގެ ޚިދުމަތް ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ މަހުގައި މާލޭ ސިޓީގައި މިނީބަހުގެ ޚިދުމަތް ދޭން ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އާޒިމް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ބަސް ދަތުރުތައް ފެށުމަށް އެމްޓީސީސީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މާލޭގެ ރައްޔިތުން އެތައް ޒަމާނަކު އިންތިޒާރު ކުރަމުން އައި މިނީ ބަހުގެ ހިދުމަތް ވެސް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނަން. ހާއްސަކޮށް މިނީ ބަހުގެ ހިދުމަތް އަންނަ ޖުލައި މަހު މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އާޒިމް ވިދާޅުވި އެވެ.

މި ޖަލްސާގައި އޭނާ އިތުރަށް ވިދާޅުވީ، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ޒަމާނީ ކުރަމުން އަންނަ އިރު ކޭޝް ކާޑު ނުވަތަ މޮބައިލް ފޯނު ބޭނުންކޮށްގެން ބަހުގެ ޓިކެޓް ކެނޑޭނެ އިންތިޒާމުތައް މި އަހަރު ނިމުމުގެ ކުރިން ހަމަޖައްސާނެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައި ވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ. މާލެއަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!