ޚަބަރު

މިނިވަން ދުވަހު ފުޅަނދުބުރު ބާއްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބާއްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެންމެ ފަހުން ފުޅަނދުބުރު ބާއްވައިފައި ވަނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން 2019ވަނަ އަހަރުއެވެ. ފުޅަނދުބުރު ބާއްވަން ނިންމައިފައިވާ ކަމަށް މިނިވަން ދުވަހުގެ ހަރަކާތްތައް އިންތިޒާމުކުރާ ހޯމް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެއެވެ.

މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54ވަނަ މިނިވަންދުވަހާ ދިމާކޮށް 2019ގައެވެ. އެ އަހަރު ވެސް ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެ އަހަރުގެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވިއެވެ.

ތަފާތު ތީމުތަކަކަށް ފުޅަނދުތައް ހަދައި، މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވާ އެ ހަރަކާތުގައި އެ އަހަރު ވަނީ ކުޑަކުދިންނާ ގުޅޭ ކާޓޫން ކެރެކްޓާތަކާއި ޖަޒީރާ އަދި ދިވެހިވަންތަކަށް ފެންނަ ފުޅަނދުތައް ދައްކައިލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!