ބޮޑު ބްރޭކަކަށްފަހު ދިވެހި ޕްރިމިއަރ ލީގު ފަށައިފި

އޭ.އެފް.ސީ ކަޕުގެ މެޗަށާއި އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކަށް ދިވެހި ޕްރިމިއަރ ލީގުގެ ބޮޑު ބްރޭކެއް ނެގުމަށްފަހު ލީގު މެޗުތައް އަލުން ފަށައިފިއެވެ.
ލީގު އަލުން ފަށައިފައި ވަނީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުންނެވެ. މި މެޗު 1-2 އިން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީންނެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑް ވިކްޓްރީން ވަނީ ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފައެވެ.
ލީގު އަލުން ފެށިއިރު 12 މެޗުން 33 ޕޮއިންޓް ހޯދާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ. ތާވަލުގެ ދެވަނައިގައި އޮތީ 12 މެޗުން ހޯދި 28 ޕޮއިންޓާއެކު އީގަލްސްއެވެ. ލީގުގައި އަންގާރަ ދުވަހުގެރޭ ވާދަކުރާނީ ކްލަބް އީގަލްސާއި ވެލެންސިޔާއެވެ.
ޔޫވީގެކޯޗު ހަމަ މޮޅީ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ އުފާވެރި ނަތިޖާ މިމެޗުން ފެނިގެންދިޔަ.