ވިޔަފާރި

އެއްލައްކަ ރުފިޔާ ލިބޭ ޕަބްޖީ މުބާރާތަކާ އެކު އުރީދޫ ނޭޝަން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމަރސް ލޭންޑް" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

Ads by STELCO

މިހާރު ވެސް އުރީދޫ ގަތަރުން ބޭނުންކުރަމުން އަންނަ އުރީދޫނޭޝަންއަކީ މޯބައިލް، ޕީސީ އަދި ގޭމިން ކޮންސޯލްތައް ބޭނުންކޮށްގެން ކުޅޭ މީހުން އެއްތަނަކުން ގުޅާލައި، ހާއްސަ މުބާރާތްތައް ބާއްވާ ގޭމިން ޕްލެޓްފޯމެކެެވެ.

އުރީދޫން ބުނީ މި ޕްލެޓްފޯމް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީއެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވައިލަދިނުމުގެ މަގްސަދުގައި ކަމަށެވެ.

އުރީދޫގެ 4ޖީ އަދި 5ޖީ ނެޓްވޯކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއިއެކު ވެވިފައިވާ ޕާޓްނަރޝިޕްތަކުގެ އެހީގައި، އުރީދޫ ނޭޝަންގެ އަމާޒަކީ ގޭމިންއާ ގުޅުން ހުރި ހުރިހާ ޚިދުމަތާއި މައުލޫމާތު އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުން ކަމަށް އުރީދޫން ބުނެ އެވެ/

އެގޮތުން އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ގަނެވޭނެއެވެ. މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށްoordoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔަރ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫން ވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކް ތައް އެކްޓިވޭޓް ކުރެވޭނެއެވެ.

ގޭމިން ޕެކްތަކާއި ގިފްޓް ކާޑު އަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަންއިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާ އެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައް ވެސް ކުރިއަށްދާނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. އެގޮތުން އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، 100،000ރ.ގެ އިނާމު ޕޫލަކާ އެކު ރޭ ވަނީ އިއުލާންކޮށްފައެވެ.

އުރީދޫން ބުނީ މި ޗެމްޕިއަންޝިޕްގައި ޕަބްޖީގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާ ވަރަކަށް ފައިސާގެ އިނާމު އިތުރުވަމުންދާނެ ކަމަށެވެ. އަދި ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެންނާނެއެވެ.

މި ޕްރޮޑަކްޓު ލޯންޗިންގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް-ހަމަދީ ވިދާޅުވީ ގޭމިން އިންޑަސްޓްރީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައިވާ ކަމަށާއި މިއީ އައު ފުރުސަތުތަކާ އެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށްވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މިތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ އަޒުމުގައި." ހާލިދު ހަސަން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!