Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

300 ޝެއަރ ހަމަކޮށްލައިގެން މުޅިން އައު ފޮންޓެއް ލިބުމުގެ ފުރުސަތު

300 ޝެއަރ ހަމަކޮށްލައިގެން މުޅިން އައު ފޮންޓެއް ލިބުމުގެ ފުރުސަތު

ދިވެހިންގެ ތެރޭގައި އާއްމުކޮށް ބޭނުން ކުރަމުން އަންނަނީ އެއް ފޮންޓްތަކެކެވެ. ހެޑްލައިން ނަމަ އެމްވީ ވަހީދެވެ. ޕެރެގްރާފްގައި ނަމަ އެވްމީ ފަރުމާއެވެ. ޕޯސްޓަރެއް ހަދާލަން ބެލިޔަސް މާ ގިނަ އިޚްތިޔާރުތަކެއް ނެތެވެ. މިކަމަށް ހައްލު ހޯދައިދޭން މިއަދު އަމިއްލަ ފަރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

<a href="https://dhivehifont.com/?dhen.mv">ދިވެހި ފޮންޓް.ކޮމް</a>ގެ ނަމުގައި ހިންގަމުން އަންނަ ވެބްސައިޓުން މިއަދު އެތައް ފޮންޓެއް ޑައުންލޯޑް ކުރެވެއެވެ. އަދި އިތުރު ފޮންޓްތައް ވެސް ދަނީ ހަދަމުންނެވެ.

https://www.youtube.com/watch?v=neGI6vMAJG4

Advertisement
Allied Insurance — Square (box)

ހުސެއިން ނިޔާޒް ހިންގަމުން އަންނަ ދިވެހި ފޮންޓް.ކޮމްއިން ތައްޔާރުވަމުން ދަނީ ފޮންޓެއް ނެރުމަށެވެ. އެކަމަކު މި ފަހަރު އައު ފޮންޓް ލިބެން އޮތީ ކުޑަ މަސައްކަތެއްކޮށްލައިގެންނެވެ. އެއީ ދިވެހި ފޮންޓް ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓަށް 300 ޝެއަރ ހަމަކޮށްލުމެވެ. އެ ޕޯސްޓްގެ <a href="https://www.facebook.com/DhivehiFont/posts/pfbid0AnRY6pWByCq4i5zEf5h97oKjY1KmU72wj1prGVBgGAx6Fu8rQaJVD2VPPnmzJWryl">ލިންކް</a> މި އޮތީއެވެ. މި ޗާލު ފޮންޓް ހޯދައިލާން އެންމެން މަސައްކަތްކޮށްލަމާ ހިނގާށެވެ.

ނިޔާޒްގެ ފޮންޓްތަކަކީ ހިލޭ ލިބޭ ފޮންޓްތަކެވެ. އޭނާގެ މަސައްކަތަށް އެހީތެރިކަން ދޭން ބޭނުންވާ ނަމަ މި <a href="https://www.buymeacoffee.com/hniyazmv?dhen.mv">ލިންކް</a> އިން އެކަން ކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް