Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ނަޝީދު ފުރަތަމަ ފަހަރަށް މިއަދު މަޖިލިހަށް ސަލާމް ވިދާޅުވެއްޖެ

ތުލުސްދޫގައި އޮތް މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ރައްޔިތުން މަޖިލިހު ޖަލްސާއަށް ސަލާން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލިހަށް ސަލާން ވިދާޅުވުމާ ގުޅިގެން މަޖިލިހުގެ ރިޔާސަތުގައި މިއަދު އިންނެވީ މަޖިލިހުގެ ނައިބުރައީސް މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.

ޖަލްސާ ފައްޓަވަމުން އެކަމަނާ ވިދާޅުވެފައިވަނީ މަޖިލިހުގެ ތިން މެންބަރުން މިއަދު ސަލާމް ވިދާޅުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި މަޖިލިހުގެ ރައީސްވެސް ހިމެނިވަޑައިގަންނަވާ ކަމުގައެވެ. އަދި ރައީސް ނަޝީދު މަޖިލިހަށް ސަލާމް ވިދާޅުވި ސަބަބު ތަފުޞީލުކޮށްދެއްވައި ނޯޓެއް ފޮނުއްވާފައިވާ ކަމުގައިވެސް އީވާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މިއީ 19 ވަނަ މަޖިލިސް ފެށިގެން މިހާތަނަށް ރައީސް ނަޝީދު ސަލާމް ވިދާޅުވި ފުރަތަމަ ފަހަރެވެ.

އީވާ ވިދާޅުވި ގޮތުގައި އެނޯޓުގައި އަންގަވާފައިވަނީ ރައީސް ނަޝީދު މަޖިލިހަށް ސަލާމް ވިދާޅުވީ މޯލްޑިވްސް ކޮރަލް އިންސްޓިޓޫޓުގެ ފަރާތުން ތުލުސްދޫގައި މިއަދު ފަށާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމުގައެވެ.

އަދި ރައީސް ނަޝީދު ފޮނުއްވި ނޯޓުގައި ވިދާޅުވެފައިވަނީ މިބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ ޢުމްރާނީ މަޝްރޫޢުތަކުގެ ސަބަބުން މުރަކައަށް ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަލީގައި އަލަށް އުފެދުނު ކޮރަލް އިންސްޓިޓިއުޓުގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކަށް ރާވައި އެކުލަވާލައި އެކަމާ ގުޅޭ ދެލިކޮޕީއެއް ހުށަހެޅުމަށް އޮންނަ މަސައްކަތު ބައްދަލުވުމެއް ކަމުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް