ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކޮންމެ މީހަކު ކޮންމެ ރަށަކުން އައި ނަމަވެސް އެމީހަކު ތަފާތު ވެގެންދަނީ ހެއްދެވި ފަރާތާއި އެމީހެއްގެ މައްޗަށް އޮންނަ ގުޅުމެއްގެ މައްޗަށް ކަމަށެވެ. އަދި އޭނާ އާއި އޭނާގެ އާއިލާގެ މީހުން ނިސްބަތްވާ ރަށް މުހިއްމު ނޫން ކަމަށާއި އަދި ދެރަކޮށްލުމުގެ ގޮތުން އެފަދަ ވާހަކަތަށް ދައްކާ ފަރާތްތަކަށް އެކަމުގެ ދެރަ ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ބައްޕައަކީ ފަޚުރުވެރިކަމާ އެކު ހއ. ވަށަފަރުގެ ދަރިއެއް. އަޅުގަނޑު ހަމަ އެކަމަށް ވަރަށް ފަޚުރުވެރިވަން. އެ ވާހަކަ ދެއްކެވި ބޭފުޅަކަށް ނޭނގުނީ ކަމަށް ވެސް ވެދާނެ ނުވަތަ އެ ބޭފުޅުންގެ މިޒާޖު ކަމަށް ވެސް ވެދާނެ ދޮގެއް ހެދެން އޮއްވައި ތެދެއް ހަދައިގެން ނުވާނެ ކަމާއި ހަގީގަތް އޮޅުވާލައި ފޮރުވުމަކީ އެ ބޭފުޅުންގެ ސިޔާސީ އުކުޅެއް ކަަމަށް ވެސް ވެދާނެ،" މުއިއްޒު ވިދާޅުވި އެެވެ.
"ފުރަތަމަ ކަމަކަށް އެއީ ޑިމޮކްރެސީގައި އޮންނަ ކަމެއް ނޫން. މި ބޭފުޅުންނަކީ (އެމްޑީޕީ)، މި ބޭފުޅުން ވިދާޅުވާ ގޮތުންނަމަ ޑިމޮކްރެސީގެ ޗެމްޕިއަނުން. ޑިމޮކްރެސީގައި އޮންނަނީ ކެމްޕޭން ކުރުން. ކެމްޕޭނުގައި ދެން ހުންނަ ވާދަވެރިޔާއާ އިދިކޮޅަށް ކެމްޕޭން ކުރުމަކީ ޑިމޮކްރެސީގެ ހަމަތަކުގައި ވެސް ބަލައިގަންނަ ކަމެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އޭނާ ކުރިމަތިލާފައިވާތީ އޭނާއާ ދެކޮޅަށް އެންޓި ކެމްޕޭން ކޮށްފައިވާ ކަމަށާއި އަދިވެސް އެކަންތައް ހަމަ އެގޮތަށް ކުރިއަށްދާ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އެއީ ޑިމޮކްރެސީގައި އޮންނަ ކަމެއް ނޫން. މި ބޭފުޅުންނަކީ (އެމްޑީޕީ)، މި ބޭފުޅުން ވިދާޅުވާ ގޮތުންނަމަ ޑިމޮކްރެސީގެ ޗެމްޕިއަނުން. ޑިމޮކްރެސީގައި އޮންނަނީ ކެމްޕޭން ކުރުން. ކެމްޕޭނުގައި ދެން ހުންނަ ވާދަވެރިޔާއާ އިދިކޮޅަށް ކެމްޕޭން ކުރުމަކީ ޑިމޮކްރެސީގެ ހަމަތަކުގައި ވެސް ބަލައިގަންނަ ކަމެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދައްކާ ވާހަކައަކާ ގުޅޭގޮތުން ރައްދެއް ދިނުމަކީ އޮންނަ ކަމެއް ކަމަށާއި ނަމަވެސް ހަދަ ހަދައިގެން، ހަގީގަތާ ހިލާފު ވާހަކަދެއްކުން ނުވަތަ އަބުރު ކަތިލުމަށްޓަކާ ވާހަކަ އުފެއްދައިގެން އޭނާ އަށް ގެއްލުމެއް ނުވާނެ ކަމަށާއި އޭގެން ކުރާނީ ފައިދާ ކަމަށެވެ.