ޚަބަރު

ޔާމީންގެ ދަތުރުފަތުރުގެ ސިޔާސަތު މި ސަރުކާރަށް "ފައްކާ" ވެއްޖެ: ޝިޔާމް

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ދަތުރުފަތުރު ކުރުމުގެ ސިޔާސަތު މި ސަރުކާރަށް "ފައްކާ" ވެއްޖެ ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ތަރައްގީއަށް ނިންމެވި ނިންމެވުމެއްކަމަށެވެ.

އަދި އެ މަސައްކަތަކީ ރާއްޖެ އިގްތިސާދީ ދާއިރާގައި އިތުރު ހަރުފަތެއް ކުރިއަށް ދިއުމަށް ރައީސް ޔާމީން ނިންމެވި މުހިންމު ނިންމުމެއްކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓް އެޅުމަށް ރައީސް ޔާމީން ސަރުކާރުގައި ނިންމުމުން އޭރުގެ އިދިކޮޅުގައި ތިބި ފަރާތްތަކުން ފާޑުވިދާޅުވި. ނަމަވެސް މިއަދު އެ މީހުންނަށް އެކަން ގަމުގޮއްސި. މީގެ ތެރޭގައި މިހާރުގެ އިކޮނޮމިކް މިނިސްޓު ފާހަގަ ކޮށްލެވޭ. ފަންސަވީސް މިނެޓުން، ފަންސަވީސް މިނެޓުން އެއާސްޓްރިޕެއް ނޫނީ އެއާޕޯޓެއް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފަ އޮތީތީވެ." ޝިޔާމް ވިދާޅުވިއެވެ.

ޔާމީން ކުރައްވާފައިވާ މަސައްކަތްތަކުގެ ރިބަން ކަނޑަން ވަރަށް މި ސަރުކާރު ވަރަށް ކުޅަދާނަ ކަމަށް ޝިޔާމް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!