ޚަބަރު އިޖުތިމާޢީ

ޑްރަގް އެތެރެކުރި މީހުންގެ ބަނޑުގައި ހުރި 240 ބުލެޓު ނެގުމުން ހޮސްޕިޓަލުން ދޫކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައިޖީއެމްއެޗް

މަސްތުވާތަކެތި ދިރުވައިލައިގެން ރާއްޖެ އައި ދެ ބިދޭސީންގެ ބަނޑުގައި ހުރި ހުރިހައި ބުލެޓެއް ނެގުމުން އެ ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރީ އަޔަރލޭންޑްގެ  ދެ ފިރިހެނުންކަމަށްވާ ކެލްވިން މައިކަލް މެރޫ (41އ)އާއި އަލަން ވަލްޓަރ ކްރޮވް (41އ)އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއިން ކޮންމެ މީހެއްގެ ބަނޑުގައި 120 ބުލެޓުގެ މަސްތުވާތަކެތި ހުރިއެވެ. އެ މީހުންގެ ބަނޑުގައި ހުރި މަސްތުވާތަކެތި ބޭރުކުރެވެންދެން ކްރިމިނަލް ކޯޓުން މިދިޔަމަހުގެ 30ވަނަ ދުވަހުގައި އެ މީހުންގެ ޣައިރު ހާޒިރުގައި ބަންދަށް ދިނީ ފަސް ދުވަހެވެ. އެއީ މަސްތުވާތަކެތި ބޭރުކޮށް ނިމި ހޮސްޕިޓަލުން ދޫކޮށްލުމުން އެ ދެ މީހުން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކުރުމަށް ފަހުއެވެ.

އެ މީހުންގެ ބަނޑުގައި ހުރި ހުރިހާ ބުލެޓުތައް މިހާރު ވަނީ ބޭރުކޮށްފައެވެ. ''ދެން''އަށް އެކަން ކަށަވަރުކޮށްދެމުން އައިޖީއެމްއެޗުން މިއަދު ބުނީ އެ ދެ މީހުންގެ ބަނޑުގައި ހުރި ހުރިހައި ބުލެޓެއް ބޭރުކުރެވިފައިވާތީ ހޮސްޕިޓަލުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!