ޚަބަރު އިޖުތިމާޢީ

އަމީނީމަގު ހެދުމުގެ މަސައްކަތް 84 މިލިއަން ރުފިޔާއަށް އާރްޑީސީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާލޭ އަމީނީމަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރުން. ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

މާލޭ އަމީނީމަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

Ads by MWSC

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ މިއަދުއެވެ. އެ ގޮތުން އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ''މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓު''ގެ ދަށުން ކުރިއަށްގެންދާ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރި 84،414،546.83 ރުފިޔާއަށެވެ. މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 210 ދުވަހެވެ.

މާލޭގެ މަގުތައް ރަނގަޅު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2020ގައެވެ. މި މަސައްކަތުގެ ދަށުން މާލޭގެ 416 މަގު ހެދުމަށް ނިންމައިފައިވާ އިރު ބައެއް މަގުތައް މިހާރު ވަނީ ނިމިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!