ޚަބަރު

ފޮރިން މިނިސްޓަރު ޝާހިދު ސްވިޒްލޭންޑަށް ވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްވިޒްލޭންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.

Ads by MWSC

އެމަނިކުފާނު ޖެނީވާއަށް ވަޑައިގެންފައި މިވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މިފަހަރުގެ ބައްދަލުވުމުގައި 80 ގައުމެއްގެ މަންދޫބުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން އިންސާނީ ހައްގުތަކާއި ގުޅޭ ކަންކަމުގައި މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ ތަގުރީރު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އދ. ހިއުމަން ރައިޓްސް ކޮމިޝަނާ މިޝޭލް ބެޗެލެޓް އާއި ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކުގައި ބައެއް ގައުމުތަކުގެ އިސްވެރިންނާއި ޖަމިއްޔާތަކުގެ ބޭފުޅުންނާއިވެސް މިނިސްޓަރު ބައްދަލުކުރައްވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!