ޚަބަރު

"މަވެސް ޖަހައިފިން" ނަމުގައި ހިމަބިހި ވެކްސިން ކެމްޕޭނެއް ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

"މަވެސް ޖަހައިފިން" ނަމުގައި ހިމަބިހީގެ ޑޯޒް ހަމަނުކުރާ ހުރިހާ އެންމެނަށް އަމާޒުކޮށްގެން ގައުމީ ފެންވަރުގައި ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

Ads by MWSC

އަމީނިއްޔާ ސްކޫލުގައި މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ އެ ކެމްޕެއިންގެ ދަށުން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެ އެވެ.

މި ވެކްސިން ޖެހުމުގައި ވަކި އުމުރެއް ނެތެވެ. މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވެކްސިން ޖެހުމުގައި އެއްވެސް ރައްޔިތަކު ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ހިމަ ބިއްސަކީ ރާއްޖެއިން މުޅިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ. އަދި އޭގެފަހުން މިހާތަނަށް ހިމަބިއްސަށް 12 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!