ޚަބަރު

މާފުށީ ޖަލަށް ވަޑައިގެން އިމްރާން، ރައީސް ޔާމީންއާ ބައްދަލުކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by STELCO

ކަރެކްޝަންސް އިން މިއަދު ބުނީ ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު މާފުށި ޖަލަށް މިއަދު ޒިޔާރަތް ކުރައްވާ އާންމު ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ.

އެގޮތުން މި ޒިޔާރަތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވި ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ. އަދި ޔާމީންގެ ހުރި ކަންބޮޑުވުންތައް އެ ބޭފުޅުން އޮޅުން ފިލުއްވާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

މިނިސްޓަރު އިމްރާން ޔާމީންއާ ބައްދަލުކުރެއްވިއިރު، ދާދިފަހުން ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ޔާމީން ވަނީ އެޑްމިޓްކޮށްފައެވެ. ތިން ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނެވުމަށްފަހު ޔާމީން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!