ޚަބަރު

ވޯޓު ފޮށި ބެހެއްޓޭނެ ވަރަށް ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ރިސޯޓަކުން: އީސީ

ދެން އެމްވީ ، ދެން އޮންލައިން

ކުރިޔަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ ވޯޓުގައި، ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓޭނެ ވަރަށް ވޯޓުލާނެ މީހުން ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ރިސޯޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ފޮށި ބެހެއްޓުމަށް ހުޅުވާލި 53 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނެ ވަރަށް ވޯޓުލާ މީހުން ރަޖިސްޓްރީ ކޮށްފައިވަނީ ހަމައެކަނި ކްލަބު މެޑު ކަނި ފިނޮޅު ކަމަށެވެ.

އަކްރަމް ވިދާޅުވީ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުންނަށް ވުރެ ގިނައިން މީހުން ރަޖިސްޓްރީ ކޮށްގެން ކަަމަށެވެ.

ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ބޭނުންވާނަމަ މި މަހުގެ 27ގެ ކުރިން އެ ރިސޯޓަކަށް ވޯޓުލާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވާން ޖެހެއެވެ. އެހެންނަމަވެސް 50 މީހުން ރަޖިސްޓްރީ ނުކުރާ ކަމަށްވާނަމަ އެ ރިސޯޓެއްގައި ވޯޓުފޮށި ނެބެހެއްޓޭނެއެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!