ޚަބަރު

ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވާ ވެހިކަލް އެމްއެންޑީއެފްއާ ހަވާލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ފަޔަރ ވެހިކަލަކާއި ބައެއް އާލާތްތައް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ހަވާލުކޮށްފިއެވެ.

Ads by Hajj Corporation

މިއަދު ހަވީރު ކަޅުކުއްތަކަލާކޮށި، މާލެ ފަޔަރ ސްޓޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މިތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ޤާބިލްކަން އިތުރުކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެއްޗެވެ. މިއަދު މި ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔަރ ވެހިކަލަކާއި، ތިން ބްރީތިންގ އެޕޭރެޓަސް ސެޓް އަދި އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނެއެވެ. މިއަދު ހަދިޔާކުރި ތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާއެވެ.

މި ޕްރޮޖެކްޓަކީ 19 ފެބްރުއަރީ 2019 ވަނަ އަހަރު ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޖަޕާނު ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ތަކެއްޗެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!