Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަސްތުވާތަކެއްޗާއެކު ލަންކާއިން 3 ދިވެހިން ހައްޔަރު ކޮށްފި

ސްރީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުން ހަތަރު ކިލޯގެ ހެރޮއިންއާ އެކު ތިން ދިވެއްސަކު ރޭ ހައްޔަރުކޮށްފި އެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ މަސްތުވާތަކެތީގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދެހިވަލަ އާއި މަހާރަގަމައިގަ ކަމަށެވެ. ދެ ސަރަހައްދުން ޖުމްލަ ހަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ތިން ދިވެހިންގެ އިތުރުން ދެން ހިމެނެނީ ލަންކާ މީހުންނެވެ.

"ގިނަ އަދަދެއްގެ ހެރޮއިން އާއި ހަ މީހަކު ވަނީ ހައްޔަރު ކުރެވިފައި. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ." ފުލުހުންގެ ތަރުޖަމާނަކު މީޑިއާއަށް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން އޮޕަރޭޝަން ހިންގި ސަރަހައްދުތަކަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސަރަހައްދުތަކެކެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް