ޚަބަރު

އިއްޔެ އެކަނި 596 ޕާސްޕޯޓް ދޫކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިއްޔެ އެކަނި 596 ޕާސްޕޯޓް ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ރިކޯޑް އަދަދެކެވެ. އިމިގްރޭޝަނުން ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ޕާސްޕޯޓްތައް ދޫކޮށްފައި ވެއެވެ.

ސްކޫލް ބޮޑު ޗުއްޓީއާއި، އީދު ޗުއްޓީއާ ދިމާކޮށް މި ދުވަސްވަރު ޕާސްޕޯޓަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑުވެފައެވެ. އިމިގްރޭޝަނުން ބުނީ މީގެ ކުރިން ދުވާލެއްގެ މައްޗަށް ޕާސްޕޯޓަށް އެދި ހުށަހަޅާނީ 200 އެޕްލިކޭޝަން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެވަރޭޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން ފައިސާ ދައްކާފައިވާ ހުރިހައި ފަރާތްތަކަށް ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ.

އިއްޔެއަކީ އެތެރޭގެ އުދުހުންތަކުގެ ވެސް ރިކޯޑެއް އޮތް ދުވަހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!